ރައީސް މައުމޫންގެ ކިބައިން ފެންނަނީ ނުބައި ހަސީލަތް: ޖަމީލް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތުން ފެންނަނީ ނުބައި ހަސީލަތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައިސ...

27 Jul 2021 | 08:55

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތުން ފެންނަނީ ނުބައި ހަސީލަތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމީން ޖަލުހުކުމެއްގައި ހުންނަވައިގެން އިންތިހާބުގައި ވާދަކުރެވިގެން ނުވާނެކަމަށް ރައިސް މައުމޫން ވިދާޅުވުމުންނެވެ.

ރައީސް މައުމޫންގެ ވާހަކަތަކަށް ރައްދު ދެއްވާ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ހައްޤުބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރައްވާކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނޫންކަމާއި، ޤާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފުކަމަށް ޖަމީލްގެ ޓްވީޓްގައިވެއެވެ.

"މިވާހަކަތައް ވިދާޅުނުވުމުން ފެންނާނީ ނުބައި ހަސީލަތް." ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރައީސް ޔާމީނާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ކޮށްފައިވާ ހުކުމް އެގޮތައް އޮއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމަ އެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިއަސް މިނިވަން ވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް