ޓޫރިޒަމުން ބިމު ކުލީގެ ގޮތުގައި 921 މިލިއަން ރުފިޔާ ލިބިއްޖެ

ޓޫރިޒަމުން ބިމު ކުލީގެ ގޮތުގައި 921 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް މީރާގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓޫރިޒަމް ޖީއެސްޓީގެ ގޮތުގ...

27 Jul 2021 | 08:54

ޓޫރިޒަމުން ބިމު ކުލީގެ ގޮތުގައި 921 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް މީރާގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ޓޫރިޒަމް ބަލި ކޮށްލި މިދިޔަ އަހަރު މި ޓެކުހުން ލިބުނީ 1.6 ބިލިއަން ރުފިޔާ އެވެ.

މި ތަފާސް ހިސާބްތަކުން ދައްކާ ގޮތުގައި، ޓޫރިޒަމަށް ދެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރިސޯޓުތަކާއި ޓޫރިޒަމް ބިމު ކުލިން އާމްދަނީގެ ގޮތުގައި މިހާތަނަށް 921 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި ޓެކުހުން މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް ލިބުނީ 366 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމާ ގުޅުންހުރި އެހެން ޓެކްސްތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 398 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ލޭންޑް އެކުއެޒިޝަން ފީގެ ގޮތުގައި 18 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓޫރިޒަމާ ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން ފެށުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް