މާލޭގައި އިމާރާތްކުރި ސަލްމާން ރަސްގެފާނު މިސްކިތުގެ (ކިންގ ސަލްމާން މިސްކިތުގެ) ފަރުމާއަކީ ނަކަލެއް ކަމަށް ބުނެ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިވެހި ސަރުކާރަށް ދީފައިވާ ކަމަށް ދިވެހިރާއްޖޭގެ ދީނީ ކަންކަމާއި ބެހޭ ވަޒީރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، "ވަގުތު" އަށް ދިން ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ ސަލްމާން މިސްކިތުގެ "ޑިޒައިނަށް" ގެނެސްފައިވަނީ ކުޑަ ބަދަލެއް ކަމަށެވެ. އަދި އެ "ޑިޒައިންނަކީ" މެލޭޝިއާގެ ކުންފުންޏެއްގެ "ޑިޒައިނެއް" ކަމަށާއި، އެ ކުންފުނިން ދިވެހި ދައުލަތާއި ދެކޮޅަށް އެ މައްސަލާގައި ދައުވާ ކުރަން ތައްޔާރުވަމުން ދާ ކަމަށެވެ.
އެ ކުންފުނީގެ މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެބަހުރި ކަަމަށާއި އޭގައި ބައިވެރިވި މީހުންގެ ފޮޓޯތައް ވެސް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ރައީސް އޮފީގައިވެސް ބައްދަލުވުންތައް ކުރިއަށް ގެންދިއަ ކަމަށެވެ. އަދި މި މައްސަލާގައި މެލޭޝިއާ ކުންފުނީގެ ހައްގު ހޯދުމަށްޓަކައި އެމީހުން ތިބީ ދޫކުރާ ގޮތަށް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ 3 މަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙު ވިދާޅުވީ ކިންގ ސަލްމާން މިސްކިތުގެ ހުރިހާ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި އެންމެ ފުރަތަމަ ނިންމިފައިވަނީ މިދިޔަ އަހަރުގެ މާރިޗުމަހުގައި ސައުދީ އަރަބިއްޔާގެ އިސްވެރިން ވަޑައިގެން އެތަން ހުޅުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ކޯވިޑް-19 ގުޅިގެން އެކަން ލަސްވެގެން ދިޔަގޮތަށް އެކަމަށް އާ ތާޜީޚެއް ލިބިފައި ނުވާކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.
މިސްކިތް ނުހުޅުވި ލަސްވުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް