ނަޝީދަށް ހަމަލަދޭން ފަންޑުކުރި ބަޔަކު ނެތް ކަމަށް ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ: އިބްރާހިމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދަށް ދިން ހަމަލާ އަށް ނެތް ކަމަށް ބުނުމުން ހަމަ ބުއްދިއެއް އެ ވާހަކަ ގަބޫލުނުކުރާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވ...

27 Jul 2021 | 07:32

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދަށް ދިން ހަމަލާ އަށް ނެތް ކަމަށް ބުނުމުން ހަމަ ބުއްދިއެއް އެ ވާހަކަ ގަބޫލުނުކުރާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިބްރާހިމް މިހެން ވިދާޅުވި އިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ މިއީ ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވާތީ ފައިސާއާ ގުޅުން ހުރި ކަންކަން ބަލަމުންދާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެކި ސްކޭމްތަކުން މަކަރާ ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާއިރު މިފައިސާތައް ގެންދިއަ ބަޔަކު ހޯދިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ނުހޯދި ބޮން ގޮއްވަން ފަންޑުކުރި ފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މި ދިޔަ މެއި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ. މިކަން ހިނގާފައި ވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއާ މާ ދުރު ނޫން ހިސާބެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް