ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށައިފި

ހއ. ހޯރަފުށީ އެއާޕޯޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރ...

27 Jul 2021 | 07:28

ހއ. ހޯރަފުށީ އެއާޕޯޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީއާއި ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދު އަދި އެމްޓީސީސީގެ އިސްވެރިން، ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އާޒިމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ އަމާޒަކީ ތަރައްގީގެ މަސައްކަތް ވީހާވެސް ބާރަށް ކުރިއަށް ގެންދަވައި، ތަރައްގީއާއެކު މިނިވަންކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދެއްވުން ކަމަށެވެ. އަދި ވޭތުވެދިޔަ 2 އަހަރު ދުވަހަކީ ސަރުކާރަކުން އެންމެ ގިނަ ޕްރޮޖެކްޓް ކުރިއަށްގެންދެވި 2 އަހަރު ކަމަށާއި، މިއީ އެމްޓީސީސީން ކުރިއަށް ގެންދާ 64 ވަނަ ޕްރޮޖެކްޓް ކަމަށެވެ. އަދި މިއީ ހޯރަފުށީގައި ކުރިއަށްގެންދާ 4 ވަނަ ޕްރޮޖެކްޓް ކަމަށެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއުއަކީ 5.90 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް