ވޯޑްޕްރެސް ދިވެހިބަހަށް ޚާއްސަ ޕްލަގްއިންއެއް ޖަވާބުއިން އާއްމުކޮށްފި

ވެބް ޑިވެލޮޕްމެންޓް ކުންފުއްޏެއް ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްއަކީ ސޮފްޓްވެއަރގެ ދުނިޔޭގައި ތަފާތު ދިވެހިވަންތަ އުފެއްދުންތައް ނެރެމުންދާ – ފަޚުރުވެރި ދިވެހި ޓީމެއް މަސައްކަތް ކުރަމުންދާ ކުންފުޏ...

27 Jul 2021 | 06:07

ވެބް ޑިވެލޮޕްމެންޓް ކުންފުއްޏެއް ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްއަކީ ސޮފްޓްވެއަރގެ ދުނިޔޭގައި ތަފާތު ދިވެހިވަންތަ އުފެއްދުންތައް ނެރެމުންދާ – ފަޚުރުވެރި ދިވެހި ޓީމެއް މަސައްކަތް ކުރަމުންދާ ކުންފުޏެކެވެ.

އެގޮތުން މިފަހަރު މިޒުވާން ޓީމްއިން މިވަނީ ދިވެހި ވެބްސައިޓާއި ބޮލެގް ހެދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވޯޑްޕްރެސް ދިވެހި ވެބްސައިޓް ހެދުމަށް ޚާއްސަ ޕްލަގްއިންއެއް އާއްމުކޮށްފައެވެ.

ވޯޑް ޕްރެސްއަކީ ވެބްސައިޓް ހެދުމަށް ވަރަށް ގިނަ ބަޔަކު ބޭނުންކުރަމުންދާ ސީއެމްއެސް އެކެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި އިންޓަރނެޓްގެ %37 ވެބްސައިޓްތައް ހެދިފައި ހުންނަނީ ވޯޑްޕްރެސް ބޭނުންކޮށްގެނެވެ. އެހެނަސް ދިވެހިބަހުން ވޯޑްޕްރެސް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކުރުން މިހާތަށް ވެފައި އޮތީ ބޮޑު ގޮންޖެހުންތަކެއް ހުރި ކަމަކަށެވެ. އެހެންކަމުން، އެކަމަށް ހައްލެއް ގެނެސްދީ ޖަވާބުއިން މިވަނީ ދިވެހިބަހުން ވޯޑްޕްރެސްގައި ވެބްސައިޓް ހެދުމަށް ޕްލަގްއިންއެއް އީޖާދުކޮށްފައެވެ.

"މިޕްލަގްއިން ހިލޭ ކޮންމެ މީހަކަށްވެސް ބޭނުންކޮށްލެވޭނެ. މިޕްލަގްއިން ބޭނުންކުރުމުން RTL ސަޕޯޓްހުންނަ ކޮންމެ ވޯޑްޕްރެސް ތީމެއް ދިވެހި ބަހަށް ތަރުޖަމާ ވެގެން ދާނެ. އެގޮތުން ތާރީޚުތަކާއި މެޓަރ ޑޭޓަރ ދިވެހިން ފެނަނާނެ. އަދި ދިވެހިބަހުން ކްލާސިކް އެޑިޓަރ ބޭނުންކޮށްގެން ލިޔެހެދޭނެ. އިތުރު ފޮންޓެއް ނުވަތަ ސެޓިންސްގްއެއް އަޅާކަށް ނުޖެހޭނެ". ޖަވާބުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޖައިލަމް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިޕްލަގްއިން ތިރީގައިވާ ލިންކްއިން ޑައުންލޯޑްކުރެވޭނެއެވެ.

https://github.com/Javaabu/javaabu-thaana-plugin

https://www.youtube.com/watch?v=7zHKVAYLXq4

މީގެ އިތުރުން ޖަވާބުގެ ދަށުން ހިންގާ އެކަޑެމިކް އިންސްޓިއުޓްކަމަށްވާ ޖަވާބު އެކަޑަމީއިން ވަނީ، ކޯޑު ކުރުމަކާއި ނުލާ ވޯޑްޕްރެސް ބޭނުންކޮށްގެން (މިޕްލަގްއިންގެ އެހީގައި) ވެބްސައިޓް ފަރުމާކުރާނެ ގޮތް އުނގަންނާދޭ ކުރު މުއްދަތުގެ ކޯހެއް ހިންގަމުންނެވެ. އެގޮތުން މިކޯހަކީ އެއްވެސް ވަރަކަށް ވެބްސައިޓް ފަރުމާކުރަން ނުދައްނަ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހިންގާ ބިގިނަރ ލެވެލް ކޯހެކެވެ. މިކޯހުގައި ދިވެހިން ވެބްސައިޓް ފަރުމާކުރުމުގެ އިތުރުން ބީއެމްއިލް ގޭޓްވޭ އަދި ޓްރާންސްފަރ ސްލިޕް އަޕްލޯޑްކޮށް އީކޮމާސް ވެބްސައިޓެއް ފަރުމާކުރާނެ ގޮތްވެސް ކިޔައި ދެވޭނެކަމަށް ޖަވާބު އެކަޑަމީއިން މަޢުލޫމާތު ދެއެވެ. މިކޯހުގެ އިތުރު މަޢުލޫމާތު ހޯދުމަށް މިލިންކަށް ފިތާލާ (https://javaabu.edu.mv/register/wordpress)

އަދި މިކޯހުގެ އިތުރުން މިމަހުގައި ޖަވާބު އެކަޑަމީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި:

  • ކޯޑުކުރަން ދަސްކުރާނަންތަ؟ - އަލަށް ކޯޑުކުރަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އޮންލައިން ކޯހެއް (https://javaabu.edu.mv/register/coding)
  • PHP އޮންލައިން ކޯސް – ވެބް ޑިވެލޮޕްމެންޓްއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އޮންލައިން ކޯހެއް  (https://javaabu.edu.mv/register/php)
  • ފޮޓޯ ޝޮޕް / އިލަސްޓްރޭޓަރ ކޯސް – ގްރެފިކްސް ޑިޒައިނިންގް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އޮންލައިން ކޯހެއް (https://javaabu.edu.mv/register/photoshop-illustrator)
  • ކޮރަލްޑްރޯ ކޯސް – ކޮރަލްޑްރޯ ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އޮންލައިން ކޯހެއް (https://javaabu.edu.mv/register/coreldraw)

މިހުރިހާ ކޯހަކީވެސް ދިވެހި ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ އޮންލައިން ކޯސްތަކެއް ކަމަށް ޖަވާބު އެކަޑަމީއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް