މިނިވަން ދުވަހު އަންހެން ފަންނާނުން ލައިގެން ތިބި ދިވެހި ވަންތަ ފަރި ހެދުންތައް!

އިއްޔެ ފާހަގަ ކުރި ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ދިވެހި ބައެއް އަންހެން ފަންނާނުން ވަނީ ސޯޝަލް މީޑިއާއަށް ރީތި ފޮޓޯތަކެއް ދޫކޮށްލާފަ އެވެ. އެ ފަންނާނުންގެ ތެރޭގައި ފިލްމީ ތަރ...

27 Jul 2021 | 06:01

އިއްޔެ ފާހަގަ ކުރި ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ދިވެހި ބައެއް އަންހެން ފަންނާނުން ވަނީ ސޯޝަލް މީޑިއާއަށް ރީތި ފޮޓޯތަކެއް ދޫކޮށްލާފަ އެވެ.

އެ ފަންނާނުންގެ ތެރޭގައި ފިލްމީ ތަރި މަރިޔަމް އައްޒަ، އައިޝަތު ރިޝްމީ އަދި އެ ދެމީހުންގެ މަންމަ އާމިނަތު ރަޝީދާ އާއި ސުނީތާ އަލީ ހިއްސާ ކުރި ފޮޓޯ އާއި ވީޑިއޯގައި ލައިގެން ތިބި ހެދުން ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން ޓިކްޓޮކް ތަރި ނިމްޝާ ޒާހިރާއި ޓިކްޓޮކް އަދި ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ޝާރާ އާދަމްގެ ހެދުން ހިމެނެ އެވެ.

އައްޒަ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔައި އާންމުކޮށްފައިވާ ފޮޓޯގައި އިނީ މަންމަ އާއި ދައްތަ އާއި އެކުއެވެ. އެ ފޮޓޯގައި ތިބީ ތިން މީހުންވެސް ދިވެހި ލިބާސްލައި ފައްޓަރު އަޅައިގެން ވަރަށް ނަލަވެލައިގެންނެވެ.

އެ ފޮޓޯ އަކީ މިދިޔަ އަހަރު އައްޒަ ފިލްމީ ތަރި އަބްދުﷲ މުއާޒު އާއި ކައިވެނި ކުރުމަށް ރަން ކީ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ. އައްޒަގެ ރަންކީ ދުވަހު ބޭނުންކޮށްފައިވަނީ ސަގާފީ ތީމް އެވެ.

ސާރާ އިންސްޓަގްރާމް ކުރި ފޮޓޯގައި ލައިގެން ހުރީ ސަގާފީ ޑިޒައިނަކުން ޖަރީކޮށްފައިވާ ރީތި ޒަމާނީ ދިގު ހެދުމެކެވެ. ސާރާ ބުނެފައިވަނީ އޭނާގެ ރީތި ދިވެހި ހެދުން ފަހާފައިވަނީ މަޝްހޫރު ނެށުންތެރިޔާ އަދި ފެހުންތެރިޔާ ޖާދުއްﷲ އިސްމާއިލް ކަމަށެވެ.

https://www.instagram.com/p/CRyLU0EihNV/

https://www.instagram.com/p/CRyQ0-bJanf/

ސުނީ އިންސްޓަގްރާމް ސްޓޯރީއަށް ލާފައިވަނީ 2017 ވަނަ އަހަރު މިނިވަން ދުވަސް ފާހަގަ ކުރުމަށް އޭނާ ދިވެހި ހެދުމެއް ލައިގެން ސްޓޭޖެއްގައި ނަޝާ ވީޑިއޯ އެކެވެ. އަދި ސުނީވެސް ވަނީ ރީތި ލަވައަކާއި އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާފައި އެވެ.

މިނިވަން ދުވަހު ނިމްޝާ ހިއްސާކޮށްފައިވަނީ ދިވެހި ލިބާސްލައި ފައްޓަރު އަޅައިގެން އިން ރީތި ފޮޓޯ އެކެވެ. ފޮޓޯ އާއި އެކު ބުނެފައިވަނީ ރާއްޖެ ދެކެ ލޯބިވާ ކަމަށެވެ.

https://www.instagram.com/p/CRyrUBsJSIK/

ދިވެހި ފަންނާނުންގެ މިފަދަ ފޮޓޯތަކާއި ތަހުނިޔާތަކަކީ ރާއްޖެއާއި ދިވެހި ސަގާފަތަށް އެމީހުންގެ ހިތްތަކުގައި އޮންނަ ލޯބި ދައްކައިދޭ ކަމެކެވެ. އަދި މިއީ އާންމުން އަބަދުވެސް ދެކެން ބޭނުންވާ މަންޒަރެކެވެ.

މި ފަންނާނުން ލައިގެން ތިބި ދިވެހި ވަންތަކަން ދައްކައިދޭ ހެދުންތަކުގެ ތެރެއިން އެންމެ ރީތި ހެދުމެއް ކަނޑައަޅާނީ އެ ތަރިންގެ ސަޕޯޓަރުންނާއި ކިޔުންތެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް