ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އަނެއްކާވެސް ދުބާއީއަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޔޫއޭއީގެ ދުބާއީއަށް ވަޑައިގެންނަން ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން ބުނީ އެމަނިކުފާނު ދުބާއީއަށް މިއަދުގެ ވަގުތެއްގައި ފުރާވަޑައިގެންނަވާނެ ކަމަށެވެ. ދަތުރ...

27 Jul 2021 | 05:33

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޔޫއޭއީގެ ދުބާއީއަށް ވަޑައިގެންނަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު ދުބާއީއަށް މިއަދުގެ ވަގުތެއްގައި ފުރާވަޑައިގެންނަވާނެ ކަމަށެވެ. ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނަވާ ކަމެއް ހާމައެއް ނުކުރެ އެވެ.

ދުބާއީއަށް ކުރައްވާ ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގެންނަވާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

މިއީ މިނިވަން ދުވަހާއި އީދު ބަންދާއި ދިމާކޮށް ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނަވާ ދެވަނަ ފަހަރެވެ. އީދު ބަންދުގައި އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ސްރީލަންކާ އަށެވެ.

އަދި މިއީ މި ފަހުން ރައީސް ދުބާއީއަށް ކުރައްވާ ނުރަސްމީ ދެވަނަ ދަތުރުފުޅެވެ. މިދިޔަ މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ދުބާއީއަށް ވަޑައިގެންފަ އެވެ.

ރައީސްގެ ކޮއްކޯފުޅު ދުބާއީގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް