ރައީސް ނަޝީދު ބަނގުރާ ހިތްޕެވިކަން އެނގޭ ލިޔުމެއް އަމިއްލަފުލަށް ހިއްސާކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބަނގުރާ ހިތްޕެވިކަން އެނގޭ ލިޔުމެއް އެ މަނިކުފާނަށް "އޮޅިގެން" ފޮނުވިއްޖެ އެވެ. އެ މަނިކުފާނަށް ފޮނުއްވުނީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބ...

27 Jul 2021 | 05:23

ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބަނގުރާ ހިތްޕެވިކަން އެނގޭ ލިޔުމެއް އެ މަނިކުފާނަށް "އޮޅިގެން" ފޮނުވިއްޖެ އެވެ.

އެ މަނިކުފާނަށް ފޮނުއްވުނީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށް ބުނެފައިވާ އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން ދޫކުރި ލިޔުމެކެވެ. އެލިޔުން ނަޝީދު އަމިއްލަފުޅަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާ ކުރެއްވުމަށްފަހު ފަހުން ވަނީ ޑިލީޓް ކުރައްވާފައެވެ.

ނަމަވެސް ލިޔުމުގެ ނަކަލެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ލިޔުން ޑިލީޓް ކުރި ވަކި ސަބަބެއް ސާފު ނުވާއިރު، އެ މަނިކުފާނަށް އެ ލިޔުން ޑިލީޓް ކުރެއްވީ ބަނގުރާ ހިތްޕެވިގެ ވާހަކަ އޮތުމުން މަސްލަހަތަށް ކަމަށް ބެލެވެއެވެ.

ނަޝީދަށް ލަންޑަންގެ ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުން ވަޓްސްއެޕް ގްރޫޕްގައި ހިއްސާ ކުރެއްވީ އެ މަނިކުފާނަށް ދެއްވި ހަމަލާއަށް ފަހު އެމަނިކުފާނަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓް ކުރުމުންނެވެ. އެވެބްސައިޓްގެ ލިންކް ވެސް ނަޝީދު ވަޓްއެސްއެޕް ގްރޫޕްގައި ހިއްސާ ކުރެއްވިއެވެ. އަދި އެލިޔުމުގައި ހުރި ވާހަކަތަކަކީ ދޮގެއްކަން ސާބިތު ކޮށްދިނުމަށް ހޮސްޕިޓަލްގެ ލިޔުން ގްރޫޕްގައި ހިއްސާ ކުރެއްވިއެވެ.

ޑޮކްޓަރުގެ ލިޔުމަކީ ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށްފަހު ޑޮކްޓަރުން ތައްޔާރުކުރި ލިޔުމެކެވެ. އެލިޔުމުގައި ބުނެފައި ވަނީ ނަޝީދުގެ ކިބައިން އެފަދަ އެއްވެސް ނަފްސާނީ މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

ޑިޕްރެޝަނާއި، އެންޒައިޓީ އަދި ކުރީގެ ހަނދާންތައް ކުއްލިއަކަށް އައުމާއި ބިރުވެރި ހުވަފެން ފެނުން ފަދަ ނަފްސާނީ އެއްވެސް މައްސަލައެއް ވެސް ނަޝީދުގެ ކިބައިގައި ނެތް ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައި ވެއެވެ.

"މަނިކުފާނު އަމިއްލަފުޅަށް ބަނގުރާ ބުއިން ހުއްޓާލާފައި ވާތީ މިހާރު އަވަހާރަފުޅު ލެއްޕެވުމުގައި ވެސް މައްސަލައެއް ނެތްކަން ފާހަގަ ކުރެވެއެވެ." ލިޔުމުގައި ބުނެފައި ވެއެވެ.

ބަނގުރާ ހިއްޕެވި ކަމަށް ބުނާ މައްސަލައިގައި ރައީސް ނަޝީދުގެ ބަހެއް ދުވަސް އަށް ލިބިފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް