އުތުރަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށް މޫސުން ގޯސްވެ ކަނޑުތައް ގަދަ ވާނެތީ ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައި ވަނީ މެންދުރުފަހު 14:00 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ...

27 Jul 2021 | 05:03

ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށް މޫސުން ގޯސްވެ ކަނޑުތައް ގަދަ ވާނެތީ ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައި ވަނީ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓުގެ އުސް މިނެއްގައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް