ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރީއާއަށް މިރޭ ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 27-29 އަށް ޝާހިދު ބަލްގޭރިއާ ކުރައްވައި މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓަވް ސްޓޮވްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެ އެވެ.
މިނިސްޓަރާއި، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުހުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާ އަށް ވެސް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުން ވެސް އާ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް