ބައެއް ގައުމުތަކަށް ވެެލީގެ ތޫފާނެއް އަރައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވެލީގެ ތޫފާން އަރާފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި އެމެރިކާގެ ބައެއް ސަރަހައްދުތަށް ހިމެނެ އެވެ. ޗައިނާގެ 12 ޕްރޮވިންސްއަކަށް އެ ތޫފާން އަރާފައިވާއިރު އެމެރިކާގައި ތޫފާން އަރާފައިވަނީ އެގައުމުގެ ބާރުގެ ދަށުގައި އޮންނަ އުއްޓާ އަށެވެ.
ޗައިނާއަށް އިއްޔެ އެރި ވެލީގެ ތޫފާނުގެ އުސްމިނުގައި 100 މީޓަރު ހުއްޓެވެ. އަދި ތޫފާން އަރުމާއި އެކު ވައިގެ ތެރެ ނުސާފުވެ ފެނިފައިވަނީ ހަމައެކަނި ވެއްޔާއި ހިރަފުސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ގައުމުގައި ވެލީގެ ތޫފާން އަރާފައިވަނީ ގޯބީ ޑެޒާޓް ހިމެނޭ ސަރަހައްދާއި ގުޅިފައިވާ ޕްރޮވިންސްތަކެވެ. އެ ސަރަހައްދުގެ ހުރިހާ ހައިވޭތަކެއް ހުއްޓުމަށްކަށް ގެނައި އިރު މީހަކަށް ގެއްލުންވެ އެކްސިޑެންޓެއްގެ ރިޕޯޓު ކޮށްފައިވާ ކަމެއް އަދި ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ހާމައެއް ނުކުރެ އެވެ.
ޗައިނާއަށް ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި އެރި އެންމެ ބޮޑު ވެލީގެ ތޫފާން އެރީ މިދިޔަ މާޗް މަހުގެ ތެރޭގައި އެވެ.
އުއްޓާއަށް އާދިއްތަ ދުވަހު އެރި ވެލީގެ ތޫފާނުގައި ހައިވޭއެއްގައި 20 އެއްގަމު އުޅަނދު ޖެހި ހިނގި އެކްސިޑެންޓެއްގައި އަށް މީހުން މަރުވެފައި އެވެ. މި އެކްސިޑެންޓުތައް ހިނގާފައިވަނީ އެއްގޮތަަކަށްވެސް ދުރު ނުފެނުމާއި ޖައްވުތެރެ ނުސާފުވުމުގެ ސަބަބުން ކުރިޔަށް ނުދުއްވިގެން ކަމަށްވެ އެވެ.
އެމީހުން ފަރުވާ ދިނުމަށް ހޮސްޕިޓަލް ތަކަށް ގެންދިއުމަށް ފުރަތަމަ އެމްބިއުލާންސް ބޭނުން ކުރުމަށް ފަހު ވައިގެ ތެރެ ނުސާފުވުމުން ހުރަސްތަކަށް ކުރިމަތިވާތީ ބޭނުން ކޮށްފައިވަނީ އެއާ އެމްބިއުލާންސް ބޭނުންކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް