ލޮނުޒިޔާރަތްމަހު، ޓާމިނަލް ކެފޭ ތެރޭގައި އިން މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މޫނު ނިވާކޮށްގެން ތިބި ހަތަރުވަރަކަށް މީހުންގެ ގްރޫޕަކުން އެ ކެފޭއަށް ވަދެ ވަޅި ހަރާފައިވަނީ އެމީހާގެ ބޮލަށް ކަމަށް މައުލޫމާތު ލިބެ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކުރީ އިރު އޮއްސި 6:30 ހާއިރު ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޒަހަމްވެފައިވަނީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އެވެ.
ބޮލަށް ވަޅި ހެރުމުން ނަދީމަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި އެވެ. އެ ހޮސްޕިޓަލުން އަދި އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ. އެކަމަކު އާއިލާއިން ބުނީ އޭނާ ސަލާމަތްވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލާފައިވާ ކަމަށާއި ނޭވާލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
މި މައްސަލައިގަ އެ ކެފޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ބަންދުކޮށްފައި އެވެ. ފުލުހުން ބުނީ އެ މާރާމާރީގެ ތަހުގީގު ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް