އަތޮޅު ތެރެއިން ޖީއެސްޓީ ނުދައްކާ 100 އަށް ވުރެ ގިނަ ފަރާތްތައް!

އަތޮޅު ތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރ...

27 Jul 2017 | 03:30

އަތޮޅު ތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މީރާއިން ބުނީ އެ ފަރާތްތަކަކީ އެކި ފަހަރުމަތިން ނަސޭހަތް ދީގެންވެސް ޓެކްސް އާއި ޖީއެސްޓީ ބަޔާން ހުށަ ނާޅާ ފަރާތްތައް ކަމަށެވެ.

މީރާއިން އާންމު ކުރި ލިސްޓުގައި އަތޮޅު ތެރެއިން ޖުމްލަ 121 ފަރާތެއްގެ ނަން ވަނީ އާންމުކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 22 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރި ކުރާ 99 ފަރާތެކެވެ.

މީރާއިން ބުނި ގޮތުގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ އެވެ. އަދި އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށް މީރާއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް