ރައީސް މައުމޫންގެ ނަންފުޅުގައި ނައިބު ރައީސް އަދީބަށް، ޕީޕީއެމުން މަރުހަބާ ދަންނަވައިފި

މިމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާ ހަވާލެވެވަޑައިގެންނެވި އަހުމަދު އަދީބު އަބްދުލްގަފޫރަށް، ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް  (ޕީޕީއެމް) އިން މަރުހަބާ ދަ...

27 Jul 2015 | 14:44

މިމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާ ހަވާލެވެވަޑައިގެންނެވި އަހުމަދު އަދީބު އަބްދުލްގަފޫރަށް، ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް  (ޕީޕީއެމް) އިން މަރުހަބާ ދަންނަވައިފި އެވެ.

ޕީޕީއެމްގެ އޮފީޙުން މިއަދު ނެރުނު ބަޔާނެގައި ބުނެފައިވަނީ ނައިބު ރައީސްގެ މަގާމަށް އަދީބު އަދީބު އައްޔަން ކުރައްވާފައިވާތީ ޕާޓީގެ ރައީސް އާއި، މުސްތަސާރާއި، ޕާޓީގެ ކައުންސިލާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި އަދި ޕާޓީގެ އެންމެހާ ގުނަވަންތަކުންނާއި އާންމު މެމްބަރުންގެ ފަރާތްޕުޅުން ވަރަށް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

"މި ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތްޕުޅުން ނައިބު ރައީސް އަހުމަދު އަދީބަށް ކުރެއްވި އިތުބާރާއި ދެއްވި ފުރިހަމަ ތާއީދަށްޓަކައި، އެ މަޖިލީހަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް އުފެދުނީއްސުރެ ޕާޓީން ހޯދި ކޮންމެ ކާމިޔާބީއެއްގައި ވަރަށް ފުރިހަމަ ދައުރެއް އަދީބު އަދ ކުރެއްވި ކަމަށާއި މިހާތަނަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމާއި އިކޮނޮމިކް ޔޫތު ކައުންސިލްގެ ކޯޗެއާއެއްގެ ގޮތުގައި ހުންނަވާ ގައުމަށް އެކި ރޮނގުރޮނގުން ތަރައްގީއާއި ކާމިޔަބީތައް ހޯއްދަވައިދެއްވުމަށްޓަކައިވެސް ގިނަ ގުނަ މަސައްކަތްތަކެއް އަދީބު ކޮށްދެއްވާފައިވާކަން ފާހަގަ ކުރާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމަނިކުފާނު ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނުގެ ގައުމީ ވާޖިބު އެންމެ ފުރިހަމައަށް އަދާ ކުރައްވައި، ޕާޓީއަށާއި ގައުމަށް އިތުރު ކުރިއެރުން ހޯއްދަވައިދެއްވައި، އެފަދަ ގާބިލު ކެރޭ ހިތްވަރުގަދަ ޒުވާނުން ގައުމުގެ އިސް ސަފަށް ނެރެދެއްވައި ބާރުވެރިކުރެއްވުމަށް މަސައްކަތް ކުރައްވައި ގައުމަށް އިތުރު ކުރިއެރުން ހޯއްދަވައިދެއްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް