މަސްތުވާތަކެތީގެ މައްސަލައެއްގައި ސްނޫޕްޑޯގް ހައްޔަރުކޮށްފި

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސްނޫޕް ޑޯގް، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްވީޑްންގައި ހައްޔަރުކޮށްފިއެވެ. އުމުރުން 43 އަހަރުގެ ސްނޫޕް ޑޯގް ހައްޔަރުކޮށްފައިވަނީ އެގައުމުގެ އުޕްސަލަ އަވަށުގައި ޝޯއެ...

27 Jul 2015 | 14:23

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސްނޫޕް ޑޯގް، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްވީޑްންގައި ހައްޔަރުކޮށްފިއެވެ.

އުމުރުން 43 އަހަރުގެ ސްނޫޕް ޑޯގް ހައްޔަރުކޮށްފައިވަނީ އެގައުމުގެ އުޕްސަލަ އަވަށުގައި ޝޯއެއް ދިނުމަށްފަހު ދިޔަ މަގުމަތީގައި، ސްނޫޕް ދުއްވަން އިން ކާރު މަޑުކުރުވި ގަޑީގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުކުރެވުމުންނެވެ.

ސްވީޑްންގެ އުޕްސަލަ އަވަށުގެ ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި ސްނޫޕް ހައްޔަރު ކޮށްގެން ފުލުހުންގެ މަރުކަޒަށް ގެންދިޔައީ ޔޫރިން ޓެސްޓެއް ހެއްދުމަށްކަމަށެވެ.

ނަމަވެސް އިންސްޓަގްރާމްގައި ސްނޫޕް ކުރި ޕޯސްޓް ތަކެއްގައި ބުނެފައިވަނީ އޭނަ ހައްޔަރުކޮށްފައިވަނީ ނަސްލީގޮތުން ޖައްސާލައިގެން ކަމަށާއި ދެން ސްވީޑްންއަށް އެނބުރި ނުދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް