މިނިވަން 50 ގެ ޝަރަފުގެ އައްޑަނަ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އައްދުލް ޤައްޔޫމަށް އަރުވައިފިއެވެ.
މި ދެބޭފުޅުންނަށް އައްޑަނަ އެރުވީ މިހާރު ކުރިއަށްދާ މިނިވަން 50 ގެ ރަސްމީ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ.
ރައީސް އިބްރާހީމް ނާސިރަށް އެ ޝަރަފު އަރުވާފައިވަނީ މިނިވަންކަން ހޯއްދެވުމަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅައްޓަކަ އެވެ. އައްޑަނައާއި ހަވާލުވެވަޑައިގެންނެވީ ރައީސް ނާސިރުގެ ކާފަ ދަރިފުޅު އިބްރާހިމް ނާސިރެވެ.
ރައީސް މައުމޫނަށް އެ ޝަރަފު އަރުވާފައިވަނީ މިނިވަންކަންމަތީ ރާއްޖެ ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް