ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓަކުންނެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ މި މަސައްކަތުގައި ވުނޭރުންނަށް ހިތްވަރު ދިނުމަށްޓަކައި ބޮޑެތި އިނާޔަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
"މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް" ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެ ވުނަކުރުމަށް ހުޅުވާލާފައިވާ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވުނޭރުންނަށް ރާއްޖެއިން މަރުޙަބާކިޔާނޭ ކަމަށެވެ.
"ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި އަދި ޚާއްޞަކޮށް މެހުމާންދާރީ އަދާކުރުމުގައި، އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެއް" ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު ރާއްޖެއިން އަމާޒު ހިފާފައިވަނީ، ޙަލާލު ޓޫރިޒަމްގައި ބައިނަލްއަޤުވާމީ ފެންވަރުގައި އިސް ސަފުގައި ފައިހަމަކޮށް، އެ ދާއިރާއިން އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ބަލާ ޤައުމަކީ ރާއްޖެ ކަމުގައި ހެދުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް