ބަނޑުހައިވެފައިވާ ހާލު މަގުމަތިން ހިނގާފައިދަނިކޮށް ގައިގާ އަޅައިގަތް ސައިކަލަކަށް ގެއްލުންދިން މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.
ގދ. ޖަވާހިރުގޭ، ރާއިފް އަލީގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާގޮތުގައި މަގުމަތީގައި ހުރި ސައިކަލަކަށް ގެއްލުންދިންކަމަށް ތުހުމަތުކުރާއިރު، ބަނޑުހައިވެފައި މަގުމަތިން ދަނިކޮށް އޭނާގެ ގައިގައި ސައިކަލު އަޅައިގަތުމުން ފައިން ޖަހާ ސައިކަލު ވައްޓާލީ ކަމަށް އޭނާ ބުނާއިރު އެއީ ސަބަބުވެރި ދިފާއެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.
ރާއިފްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު ބަންދު އަމުރުގެ އިތުރު ތަފުސީލުގައި ބުނެފައިވަނީ އޭނާއަކީ މަގުމަތީގައި ދިރިއުޅޭ ފަރާތެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން ވަންނާނެ ގެއެއް ނެތް ކަމާއި ނިދަނީ އެކި ޖޯލިތަކުގައިކަމަށްވެސް ބުނެފައިވާކަމަށް ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް