ކަރެކްޝަންސް 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް 73 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަދެފައިވާކަމުގެ ބޮޑު މައްސަލައެއްގެ ތަހުގީގު މާފުށީގައި ފަށާ އެ މުވައްޒަފުން ހައްޔަރުކުރަމުން އަންނަ ކަމަ...

27 Jun 2024 | 16:17

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް 73 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަދެފައިވާކަމުގެ ބޮޑު މައްސަލައެއްގެ ތަހުގީގު މާފުށީގައި ފަށާ އެ މުވައްޒަފުން ހައްޔަރުކުރަމުން އަންނަ ކަމަށް ފުލުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ފުރަތަމަ އެކަން ހިއްސާކުރެއްވީ ވަޒީރު އިހްސާނެވެ. އޭނާ ވިދާޅުވީ މީގެ ތިން މަހެއްހާ ދުވަސްކުރިން އެކަން ފުލުހުންގެ އިންޓެލިޖެންސްގެ ސަމާލުކަމަށް އައިސް ބަލަމުންގޮސް މިރޭ އެ އޮޕަރޭޝަން ފެށިގެން އެދަނީ ކުރިއަށް ކަމަށެވެ.

އެ ފަރާތްތަކަކީ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ނެޓްވޯކެއްގެ ގޮތުގައި ސިފަކުރިއެވެ.

އިތުރަށް މައުލޫމާތުދެމުން ފުލުހުން ބުނީ 18 މުވައްޒަފެއްގެ އެކައުންޓަށް 73 މިލިޔަން ހަ ލައްކަ ރުފިޔާ ވަދެފައިވާއިރު އެކެއްގެ އެކައުންޓަށް އެކަނި 24 މިލިޔަން ރުފިޔާ ވަދެފައިވާކަމަށެވެ.

އެފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޖަލުގައި ތިބި ގައިދީންނާއި ކުށުގެ ވެށީގައި އުޅޭ ފަރާތްތައް ހިމެނޭކަން ފާހަގަކުރިއެވެ.

"މާފުށީގައި އޮޕަރޭޝަން އެދަނީ ކުރިއަށް، މުވައްޒަފުން އެދަނީ ހައްޔަރުކުރަމުން" ފުލުހުން ބުންޏެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް