ބަލަމުން ދާ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް އަދި ސްޓޭޓް މިނިސްޓަރ ޝަމްނާޒް މަގާމުން ސަސްޕެންޑް ކޮށްފިއެވެ.
ސްޓޭޓް މިނިސްޓަރ ޝަމްނާޒް ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައެވެ. ޝަމްނާޒްގެ އިތުރުން ދެ މީހަކު މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ބަންދަށް ވަނީ ބަންދާމެދު ވަކި ގޮތެއް ނިމެންދެން ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައެވެ. ޝަމްނާޒް ހައްޔަރު ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދި ކަމުގެ މައްސަލައެއްގައި ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ޝަމްނާޒް އަދި ރަމީޒް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުން ދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ބުނެފައެއް ނުވެއެވެ.
ޝަމްނާޒަކީ ރަމީޒްގެ ކުރީގެ އަނބިކަނބަލުންނެވެ. ރަމީޒް ޝަމްނާޒް ވަރި ކުރީ މި މަސް ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް