މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ރާއްޖޭން އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް ގޯޅިއަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މިދިޔަ މަސް ތެރޭގައި ވަނީ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ހުށަހަޅާފައެވެ.
މާލެ ސިޓީ ކައުންސިލުން އޭރު ނިންމީ މާލޭގައި ނަން ނުދީ އޮތް ދެމަގުން ކުރެ އެއް މަގަށް އެ ނަމުން ނަން ދިނުމަށެވެ.
އެގޮތުން މިއަދު ކައުންސިލުން ބައްދަލުވުމެއް މިކަމާ ގުޅިގެން ބާއްވާ މަޝްވަރާ ކުރުމަށް ފަހު މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ މަގަށް ފަލަސްތީން ހިނގުން ކިޔަން ވަނީ ފާސްކޮށްފައެވެ.
މި ހުށަހެޅުން ފާސް ކޮށްފައިވަނީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް