ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ޓެސްލާ ކާރު ހަވާލުކޮށްފި

ދިރާގުން ކުރިއަށްގެންދިޔަ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އަގުހުރި ޓެސްލާ ކާރު ހަވާލުކޮށްފިއެވެ. ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓެސްލާ ކާރު ވަނީ ޕްރޮމޯޝަ...

27 Jun 2024 | 07:12

ދިރާގުން ކުރިއަށްގެންދިޔަ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އަގުހުރި ޓެސްލާ ކާރު ހަވާލުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓެސްލާ ކާރު ވަނީ ޕްރޮމޯޝަންގެ ނަސީބުވެރިޔާ، ކ. ތުލުސްދޫއަށް އުފަން މުސްތަފާ މުހައްމަދާ ހަވާލުކޮށްފައެވެ. މުސްތަފާ ބުނިގޮތުގައި މިފަދަ އަގުހުރި އިނާމެއްގެ ނަސީބުވެރިއެއްގެ ގޮތުގައި ހޮވުނުކަން އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް އޭނާ އާއި އޭނާގެ އާއިލާ ވަރަށް އުފާވި ކަމަށެވެ. އަދި މީގެ އިތުރުން ދިރާގުން ކުރިއަށް ގެންދާ ތަފާތު ޕްރޮމޯޝަންތަކުގެ ތެރެއިން މިފަދަ ހިތްގައިމު ފުރުސަތެއް ކަސްޓަމަރުންނަށް ފަހިކޮށްދެމުންދާކަމަށްޓަކައި އެކަމަށްވެސް އެނާ ވަނީ ދިރާގަށް ޝުކުރު އަދާކޮށްފައެވެ.

މުސްތަފާއަކީ ދިވެހިރާއްޖެއަށް މޮބައިލް ފޯނުގެ ޚިދުމަތް ތަޢާރަފްކުރި ހިސާބުން ފެށިގެން ދިރާގުގެ ޚިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެކެވެ.

މިއަދު އޮތް އިވެންޓްގައި މުސްތަފާގެ އާއިލާގެ އިތުރުން ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައިވެއެވެ.

މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުނުފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ. 1 އޮކްޓޫބަރު 2023 ން 31 ޖަނަވަރީ 2024 ގެ ނިޔަލަށް ކުރިޔަށްގންދިޔަ މި ޕްރޮމޯޝަން ވެގެންދިޔައީ ރާއްޖޭގެ ގިނަ ބަޔަކުގެ ސަމާލުކަން ހޯދާ، އާންމުންގެ މަގުބޫލުކަން ލިބުނު މަރކެޓިންގ ހަރަކާތަކަށެވެ. މއަދި މި ޓެސްލާ ކާރަކީ ދިރާގު ތާރީޚުގައިވެސް އަދި މިހާތަނަށް އެކުންފުނިން ހުށަހެޅި އެންމެ އަގުބޮޑު އިނާމެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދީ އަދި ތަފާތު ފޯރިގަދަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ފުރިހަމަ ގޮތެއްގައި އެފަރާތްތަކަށް ގެނެސްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް