ކިޔުކަމްބާ: ފައިދާތައް ގިނަގުނަ ތަރުކާރީއެއް

ކިޔުކަމްބާއަކީ މީރު އަދި ސިއްޙަތަށް ފައިދާހުރި ތަރުކާރީއެކެވެ. ކިއުކަމްބާއިން ތަފާތު ވައްތަރުގެ މީރު ސެލަޑް އަދި ބުއިންތައްވެސް ތައްޔާރުކޮށްލެވެއެވެ. ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައޓައިދިނުމަށް އެހީވެދ...

27 Jun 2024 | 05:32

ކިޔުކަމްބާއަކީ މީރު އަދި ސިއްޙަތަށް ފައިދާހުރި ތަރުކާރީއެކެވެ. ކިއުކަމްބާއިން ތަފާތު ވައްތަރުގެ މީރު ސެލަޑް އަދި ބުއިންތައްވެސް ތައްޔާރުކޮށްލެވެއެވެ.

ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައޓައިދިނުމަށް އެހީވެދޭ

ކިއުކަމްބާގެ ނުވަދިހަ ހަ ޕަސެންޓަކީ ފެނެވެ. ކިއުކަމްބާ ކާނަމަ ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓައިދިނުމަށް އެހީތެރިވެދެއެވެ. ހާއްސަގޮތެއްގައި ކިއުކަމްބާއަކީ ހޫނުގަދަ ދުވަސްވަރު، ކެއުމުގައި ހިމަނާލަން ވަރަށް ބޭނުންތެރި ތަރުކާރީއެކެވެ.

ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓުވައިދިނުމަށް އެހީތެރިވެދޭ

ކިއުކަމްބާގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް، މެގްނީޒިއަމް އަދި ޑައެޓްރީ ފައިބަރ އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ، ހަށިގަނޑުގެ ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓާދިނުމަށް އެހީތެރިއވެދޭ މާއްދާތަކެކެވެ. ހަށިގަނޑުގެ ލޭގެ ޕްރެޝަރ މަތިނުވެ އެއްވަރެއްގައި ހިފެހެއްޓޭނަމަ ހިތުގެ ބަލިތައް ޖެހުމުންވެސް ދުރުކޮށްދެއެވެ. އެހެންކަމުން ކިއުކަމްބާއަކީ ހަށިގަނޑޫގެ ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓުވައިދީ އަދި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ތަރުކާރީއެކެވެ.

ހަޖަމްކުރުމުގެ ނިޒާމަށް ފަރުވާއެއް

ކިއުކަމްބާއަކީ ހަޖަމްކުރުރުމުގެ ނިޒާމަށްވެސް ފަރުވާއެކެވެ. ކިއުކަމްބާގައި ގިނަ އަދަދަކަށް ފެން އެކުލެވިގެންވާތީ، ކާ އެއްޗެހި ހަޖަމްކުރަން ފަސޭހަވެ އަދި ބަނޑު ހަރުވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

މީގެ އިތުރުންވެސް ކިއުކަމްބާއިން ލިބޭ ސިއްޙީ ފައިދާ ގިނަގުނައެވެ. އެގޮތުން ކިއުކަމްބާ ކެއުމުގެ ސަބަބުން ހަންގަނޑު ރީތިކޮށްދީ އަލިކޮށްދެއެވެ. ކިއުކަމްބާ އަކީ ބޮލުގެ އިސްތަށިގަނޑާއި އަދި ނިޔަފަތިތަކަށްވެސް ފައިދާ ހުރި ތަރުކާރީއެކެވެ. އަދި މީގެއިތުރުން ކެންސަރު ފަދަ ނުފރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދިނުމަށް ކިއުކަމްބާ މުހިއްމު ދައުރެއް އަދާކޮށްދެއެވެ.

ކިއުކަމްބާގެ ސަބަބުން އެތައް ސިއްޙީ ފައިދާއެއް ލިއްބައިދޭއިރު ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކިއުކަމްބާ ހިމެނުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް