ބާރަށު ޢީދު ފޯރި: މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް

މި ބޮޑު ޢީދުގައި ހއ. ބާރަށުގައި ކުރިއަށްގެންދާ، ބާރަށު ޢީދު ފޯރި 1444 ގެ މެއިން ސްޕޮންސަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. ބާރަށު ޢީދު ފޯރި ކުރިއަށްގެންދަނީ އެ ރަށު ކައުންސިލުންނެވެ. މ...

27 Jun 2023 | 17:40

މި ބޮޑު ޢީދުގައި ހއ. ބާރަށުގައި ކުރިއަށްގެންދާ، ބާރަށު ޢީދު ފޯރި 1444 ގެ މެއިން ސްޕޮންސަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ބާރަށު ޢީދު ފޯރި ކުރިއަށްގެންދަނީ އެ ރަށު ކައުންސިލުންނެވެ. މިރޭ 20:30ގައި ޢީދު ވެދުމާއި ދިއުމުން ފެށޭ ޢީދު ހަރަކާތްތައް 03 ޖުލައި ރޭގަނޑު 21:00ގައި އޮންނަ ޢީދު ޝޯއާއި ހަމައަށް ކުރިއަށްދާނެއެވެ.

ބާރަށު ޢީދު ފޯރި ތާވަލު

27 ޖޫން 2023

  • ވެދުމާއި ދިއުން – 20:30

28 ޖޫން 2023

  • ޢީދު ސައި – 08:00
  • ދިގުމަގު ދަނޑި – 16:00
  • ޢީދު ޝޯވ – 21:00

29 ޖޫން 2023

  • ކޯޑި ޖެހުން – 08:00
  • ކޯޑި ގެންދިއުން – 16:00
  • ޢީދު ޝޯވ – 21:00

30 ޖޫން 2023

  • ކުޑަކުދިންގެ ހަވީރު – 16:00
  • ޢީދު ޝޯވ – 21:00

01 ޖުލައި 2023

  • ކަނބަލުންގެ ކުޅިވަރު ހަރަކާތް – 08:30
  • މަސްރޭހުގައި ޓީމުތައް ފުރުން – 14:00
  • ދަފި ގެންދިއުން – 16:00
  • މަސްރޭހުގެ ނަތީޖާ ފާޅުކުރުން – 20:00

02 ޖުލައި 2023

  • ބައިސްކަލް ރޭސް – 08:30
  • މަސް ފިހުން – 16:00
  • ޢީދު ޝޯވ – 21:00

03 ޖުލައި 2023

  • ބަށި މެޗް (ދެޖިންސުގެ) – 08:30
  • ފުޓްބޯޅަ މެޗް – 16:00
  • ޢީދު ޝޯވ – 21:00

އުރީދޫ މޯލްޑިވްސް އިން އަންނަނީ ޢީދާއި ރޯދަ މަހާއި މިފަދަ ދިވެހިންނަށް ހާއްސަ އެކި އެކި މުނާސަބަތުތަކުގައި ނޭޝަނަލް ލެވެލްގައްޔާއި އަދި ކޮމިއުނިޓީ ލެވެލްގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް