މިވަގުތު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ މާފަރު އެއާޕޯޓު ސަރަހައްދުން ގޮތް ނޭނގޭ ޖަނަވާރެއް ފެނުނު ވާހަކައެވެ.
މިކަމުގައި ހިޔާލު ދެކަފިވެފައިވާ މި ދަނޑިވަޅުގައި އެމްއެންޑީއެފުން ބެލި ބެލުމަށްފަހު ނިންމާފައިވަނީ އެއީ ބުޅަލެއް ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެއީ އެ ފޮޓޯ ނެގި އޭންގަލާއި ދުރުމިނާއި ގުޅުވައިލުމުން ފެންނަ ނަތީޖާ ކަމަށް ބެލެވޭ ކަމަށެވެ.
އިލޫޝަނެއް ކަމަށް ބެލެވޭ ކަމަށް ބުނި ނަމަވެސް އެކަން ބަޔަކު ގަބޫލެއް ނުކުރެއެވެ. އެއް ބަޔަކު ބުނަނީ އެއީ ބުޅަލެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ. އެއަށްވުރެ ސައިޒުން މާ ބޮޑު ކަމަށެވެ.
ކޮންމެއަކަސް މިއަދު ހަމަ އެ ސަރަހައްދުގައި މީހަކު ހުއްޓި ހުރެ ނަގާފައިވާ ފޮޓޯއެއް ދުވަހަށް ލިބިފައިވެއެވެ. އެ ފޮޓޯ ނަގާފައިވަނީ ހަމަ އެ އޭންގަލުން އެ ދުރުމިނުން ހަމަ ސީދާ އެ ސްޕޮޓްގައެވެ.
ތިރީގައި އެވަނީ ކުރީގެ ވީޑީއޯއިން ނަގާފައިވާ ޝޮޓަކާއި ފަހުން ލިބުނު ފޮޓޯ އާއި އަދި ތިންވަނައަށް ދެ ފޮޓޯއިން ފެންނަ މީހާ އަދި ބުޅަލެއް ކަމަށް ބެލެވޭ "މޫވްމަންޓް" އެއްކޮށްލުމުން ފެންނަ ނަތީޖާއެވެ. މި ނަތީޖާއަށް ބަލާއިރު އެއީ ހަމަ ބުޅަލެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ބުޅަލެއް ކަމަށް ބެލެވޭ އެ "އޮބްޖެކްޓް" މަންޒަރުން ފެންނަ މީހާގެ ކަށިމައްޗާއި ހަމައަށްވެސް ނާރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް