ޢީދު މުނާސަބަތުގައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޕެރޭޑު

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކުގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ޖޫން 28 ވަނަ ދުވަހު އެމްއެންޑީއ...

27 Jun 2023 | 07:50

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކުގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ޖޫން 28 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ ސ.ހިތަދޫގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހިތަދޫ ސްކޫލި ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ އެ ރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށެވެ.

ޖޫން 29 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ޕެރޭޑް އޮންނާނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.

ޖޫން 30 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޕެރޭޑް އޮންނާނީ ހުޅުދޫ-މީދޫ ގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.

ޖުލައި 01 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ޕެރޭޑް އޮންނާނީ ޏ،ފުވައްމުލަކު ގައި، އެ ދުވަހުގެ ހަވީރު 16:00 ގައެވެ.

އައްޑޫ ސިޓީގެ ރަށްތަކާއި ޏ.ފުވައްމުލަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކޭޑޭޓުން ވެސް ބައިވެރިވާނެ ކަމަށާއި އަދި ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕެރޭޑުގައި ޏ.ފުވައްމުލަކު ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މީގެ އިތުރުން މި ދެ ސިޓީގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް