މާފަރުން ފެނުނީ ތަންކޮޅެއް ހަށިހެޔޮ ކަޅު ބުޅަލެއް ކަމަށް ނިންމައިފި

ނ. މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނީ ކަޅު ބުޅަލެއް ކަމުގައި ނިންމައިފިއެވެ. އިއްޔެ މާފަރު އެއާޕޯޓް ސަރަހައްދުން ގޮތް ނޭނގޭ ޖަނަވާރެއް ފެންނަ ވީޑިއޯއެއް އާންމު ވުމާއެކު އެމްއެންޑީއެފް އިން އެ ސަރަހައ...

27 Jun 2023 | 07:11

ނ. މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނީ ކަޅު ބުޅަލެއް ކަމުގައި ނިންމައިފިއެވެ.

އިއްޔެ މާފަރު އެއާޕޯޓް ސަރަހައްދުން ގޮތް ނޭނގޭ ޖަނަވާރެއް ފެންނަ ވީޑިއޯއެއް އާންމު ވުމާއެކު އެމްއެންޑީއެފް އިން އެ ސަރަހައްދަށް ގޮސް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

އެ އޮޕަރޭޝަނަށްފަހު ވީޑިއޯ އެނާލިސިސް އެއް ހަދައި އެއީ ތަންކޮޅެއް ސައިޒުން ބޮޑު ބުޅަލެއް ކަމުގައި ނިންމާ އެކަން ރަށު ކައުންސިލަށް މިހާރު އަންގައި އެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާކަމަށް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބުޅާ ބޮޑުކަމަށް ދައްކަނީ ވީޑިއޯ ނަގާފައިވާ އޭންގަލާއި، ތަން ހިއްކާފައި އޮތުމާއި ބިނގަނޑު ހުދުކުލައިގާ އޮވެ ބުޅަލުގެ ކަޅުކުލަކަމުން އާންމުކޮށް ފެންނަ ފެނުމަށްވުރެ ބޮޑުކަމަށް ދައްކާފައިވާތީއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނެފައިވަނީ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީންކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިންދިޔައީ މާފަރު އެއަރޕޯރޓާއި ގުޅިގެން އެހޯދުމުގެ މަސައްކަތްކުރަމުން ކަމަށާއި އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާތީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު އިތުރު ސިފައިން މާފަރަށްގޮސް މާފަރު އެއަރޕޯރޓްގެ ސަރަހައްދު އެއްކޮށް ބެލި ކަމަށެވެ.

ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާކަމަށާއި ބޮޑަށް ލަފާކުރެވެނީ  ބުޅަލެއް ހިނގާފައި ފަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށް ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް