މި އަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހު ލާމު ފޮނަދޫގައި ފަށާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022 " މުބާރާތުގެ ޕްރޮމޯ ވީޑިއޯ ރިލީޒްކޮށްފިއެވެ.
ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން މުޅި ލާމު އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފޮނަދޫގައި ބާއްވާ މި މުބާރާތުގެ ޕްރޮމޯ ވީޑިއޯ ރިލީޒްކުރިއިރު، މި ވީޑިއޯގައި ލާމް އޮޅުގެ ހިތްގައިމު މަންޒަރުތައް ވަނީ ހިމަނާފައެވެ. ލާމު އަތޮޅަކީ ރާއްޖޭގެ އެހެން އަތޮޅުތަކާއި އަޅާބަލާއިރު، ގުދުރަތީ ރީތިކަމުގެ ލާމަސީލު އަތޮޅެއް ކަން މި ވީޑިއޯއިން ވަރަށް ފުރުހަމައަށް ހާމަކޮށްދެއެވެ.
މި މުބާރާތް އިންތިޒާމް ކުރި ފަރާތުން ބުނީ މުބާރާތުގެ ޕްރޮމޯ ވީޑިއޯ މިފަހަރުގެ މުބާރާތަށް ތައްޔާރު ކޮށްފައިވަނީ ކުރިން ފޮނާދުގައި ބޭއްވުނު އެހެން މުބާރާތްތަކާއި ޚިލާފަށް މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ މަޤުޞަދުގައި ކަމަށެވެ. އަދި ލާމު އަތޮޅުގެ ހިތްގައިމު މަންޒަރުތައް މި ވީޑިއޯގައި ހިމަނާފައިވަނީ މުބާރާތާއި އެކުއެކީގައި ލާމު އަތޮޅުގެ ހިތްގައިމު ކަމާއި ރީތިކަން އިސްތިހާރުރުމުގެ މަޤުޞަދުގައި ކަމަށެވެ.
މުބާރާތް އިންތިޒާމު ކުރި ފޮނަދޫ މެދުއަވަށު ސްޕޯޓް ކުލަބުން ބުނީ މިފަހަރުގެ މުބާރާތުގެ މި ވީޑިއޯ ބަލާލާ ހަމަ ކޮންމެ ފަރާތަކަށް ވެސް މުބާރާތުގެ ފުރިހަމަކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމަށެވެ.
" މިފަހަރު ފޮނަދޫގައި މި ބޭއްވޭ މުބާރާތަކީ އެހެން މުބާރާތްތަކާއި އަޅާވަލާއިރު، ވަރަށް ތަފާތު ވާނެ މުބާރާތެއް. މިފަހަރުގެ މުބާރާށް މާ ބޮޑަށް ވެސް ފޯރިގަދަވާނެ ކަމަށް ބެލެވެނީ. އަހަރެމެން މި މުބާރާތައްތައްޔާރު ކޮށް ރިލީޒްކޮށްފައިވާ ވީޑިއޯ ބަލާލީމާވެސް އެކަން ވަރަށް ރަނގަޅަށް ހާމަވާނެ. މި ވީޑިއޯ ބޮޑަށް އަމާޒުކޮށްފައި ވަނީ މުބާރާތުގެ ފުރިހަމަ ކަމާއި ލާމު އަތަޅުގެ ހިތްގައިމުކަން މީހުންނަށް އަންގައިދިނުމަށް." ދުވަސް އަށް މައުލޫމާތު ދެމުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުގެ ފަރާތުން ކިޔައިދީފައިވެއެވެ.
ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުގެ ފަރާތުން ތައްޔާރު ކޮށްފައިވާ މި ޕްރޮމޯ ވީޑިއޯއިން ފެނިގެން ދަނީ ލާމު އަތޮޅުގެ ބައެއް ހުނަރުވެރި ފުޓްސަލް ކުޅުންތެރިންގެ ހުނަރުތަކުގެ އިތުރުން ބައެއް އާސާރީ ތަންތަންތަނުގެ މަންޒަރުތަކާއި ލާމު އަތޮޅުގެ މަލަމަތީގެ ރީތި މަންޒަރުތަކެވެ.
“ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ބޭއްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ލ. އަތޮޅުގެ ޓީމުތަކުގެ މެދުގައި ފޯރިގަދަ، ވާދަވެރި މުބާރާތެއް ބޭއްވުމާއި އެ އަތޮޅުގެ ރަށްތަކުގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ފުޓްސަލްއިން ގައުމީ ފެންވަރުގެ ޒުވާން ކުޅުންތެރިން އުފެއްދުން ހިމެނެއެެވެ. މީގެ އިތުރުން އެ އަތޮޅުގައި މަތީ ފެންވަރެއްގައި ފުޓްސަލް ކުޅުމުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މުހިންމު މަޤުސަދެކެވެ.
ލ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މި މުބާރާތުގައި ޓީމުތައްް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް