ކޯވިޑް އިތުރުވެފައިވާތީ ހުޅުމާލޭގައި އީދު ޝޯ އާއި ހަވާ އެރުވުން ނުބާއްވަން ނިންމައިފި

ހުޅުމާލޭގައި ކުރިޔަށް އޮތް ބޮޑު އީދު ފާހަގަ ކުރަން ހިންގަން ނިންމާފައި ހުރި ބައެއް ހަރަކާތްތައް ކެންސަލް ކޮށްފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައި އޮތީ ސަގާފީ އީދެއް ހ...

27 Jun 2022 | 17:22

ހުޅުމާލޭގައި ކުރިޔަށް އޮތް ބޮޑު އީދު ފާހަގަ ކުރަން ހިންގަން ނިންމާފައި ހުރި ބައެއް ހަރަކާތްތައް ކެންސަލް ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައި އޮތީ ސަގާފީ އީދެއް ހުޅުމާލޭގައި ބާއްވާށެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި އެކު މިއުޒިކް ޝޯއެއް ބާއްވައި ހަވާ އެރުވުމަށް ނިންމި އެވެ.

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ހުޅުމާލޭގައި ފާހަގަކުރުމަށް ރާވާފައިވިޔަސް ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަނެއްކާވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ

އެޗްޑީސީން ބުނީ އީދު ޝޯ އާއި ހަވާ އެރުވުމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ފާހަގަކުރާ ހަރަކާތްތަކަކަށް ވާތީ މި ފަހަރުގެ އީދު ކުޅިވަރުގެ ތެރޭގައި ހިމެނޭ އެ ދެ ހަރަކާތް ނޯންނާނެ ކަމަށެވެ.

އެކަމަކު އީދު ފާހަގަކުރުމަށް ބައެއް ހަރަކާތްތައް ހުޅުމާލޭގައި ވެސް އޮންނާނެ އެވެ.

އިތުރު ހަރަކާތްތަކުގެ ތެރޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި، އީދު ސައި ހިމެނެ އެވެ. އަދި ބޮޑުމަސް ކުޅުމާއި ކޯޑި ކުޅެން ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް