ރޮނާލްޑޯއާއި ޗެލެންޖު ކޮށްލެވޭނެ ފެންވަރު ހުރި ކުޅުންތެރިއަކު ނެތް - ގްރީޒްމަން

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޗެލެންޖު ކޮށްލެވޭނެ ފެންވަރު ހުރި އިތުރު ކުޅުންތެރިއަކު އަދި ނެތްކަމަށް ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮނިން ގްރީޒްމަން ބުނެފިއެވެ. މީޑިއާއަށް ދިން ބަސްދީގަތު...

27 Jun 2022 | 13:38

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޗެލެންޖު ކޮށްލެވޭނެ ފެންވަރު ހުރި އިތުރު ކުޅުންތެރިއަކު އަދި ނެތްކަމަށް ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮނިން ގްރީޒްމަން ބުނެފިއެވެ.

މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ އުމުރުން ކިތެންމެ ދޮށީ ނަމަވެސް ރޮނާލްޑޯ އަކީ އަދިވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށާއި އަދިވެސް ރޮނާލްޑޯއާއި ކުޅެވޭނެ ފެންވަރުގެ މީހަކު ނެތްކަމަށެވެ.

ގްރީޒްމަން ބުނީ ރޮނާލްޑޯ އަކީ މިހާރުގެ މި ޒަމާނީ ފުޓްބޯޅައަށް ވެސް ފެތޭ، އަދި އަދުގެ ޒުވާން ކުޅުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށާއި ރޮނާލްޑޯއާއި ނުލައި ދުނިޔޭގެ ފުޓްބޯޅަ ފުރިހަމަ ނުވާނޭ ކަމަށެވެ.

ރޮނާލްޑޯ އުމުރުން 37 އަހަރުގައި ވެސް އަދިވެސް ހުރީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކަމަށާއި އޭނާ އަކީ ލަނޑު ޖަހާ މެޝިނެއް ކަމަށް ގްރީޒްމަން ބުންޏެވެ. އެގޮތުން ރޮނާލްޑޯ އަކީ ގޯލު ކުރިމަތީގައި އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ކަމަށާއި ވައަތުފައިންނާއި ކަނާތުފައިގެ އިތުރުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުން ވެސް އެއީ ރޮނާލްޑޯ އަށް ވަރަށް ފަސޭހަ ކަމެއް ކަމަށް ގްރީޒްމަން ބުންޏެވެ.

" ރޮނާލްޑޯއާއި ކުޅެވޭނެ ފެންވަރުގެ މީހަކުނެތް. އެއީ އަދިވެސް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީފަންތީގައި ގުނާލެވޭ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް. މިއަދުގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެއް ރޮނާލްޑޯ އަކީ. ރޮނާލްޑޯއާއި ނުލާ ފުޓްބޯޅަ ފުރިހަމައެއް ނުވާނެ. އެއީ އެންމެންގެ ލޯބި ލިބިގައިވާ ކުޅުންތެރިއެއް." ގްރީޒްމަން ބުންޏެވެ.

އިތުރަށް ގްރީޒްމަން ބުނީ ރޮނާލްޑޯ އާއި ގުޅޭ ފޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި ރޮނާލްޑޯ އަކީ ފުރިހަމަ ގޯލް މެޝިނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް