ރަންބީރާއި އާލިއާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ. މިކަން ހާމަ ކުރީ އާލިއާގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ބަނޑުބޮޑުކަން ހާ...

27 Jun 2022 | 12:58

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.

މިކަން ހާމަ ކުރީ އާލިއާގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ބަނޑުބޮޑުކަން ހާމަ ކުރުމަށް އާލިއާ ވަނީ ދެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

އެއް ފޮޓޯގައި ފެންނަނީ އާލިއާ ހޮސްޕިޓަލް އެނދުގައި އޮންނަ އިރު ރަންބީރު ފުރަގަސްދީގެން ކައިރީގައި އިންނަތަނެވެ. ދެމީހުން ބަލަހައްޓައިގެން ތިބެނީ ކުރިމަތިން ފެންނަން އިންނަ ސްކްރީނަށެވެ. އޭގައި ހިތް އިމޯޖީއެއް ޖަހާފައި އިނދެ އެވެ.

ދެ ވަަނަ ފޮޓޯގައި ފެންނަނީ ބޮޑު ދެ ސިންގާ ކުޑަ ސިންގާއެއް ކައިރިއަށް ލައިގެން އިންނަ ތަނެވެ. މި ފޮޓޯތަކާއި އެކު ބުނެފައިވަނީ އެމީހުންގެ ދަރިފުޅު ވަރަށް އަވަހަށް އަންނަނީ ކަމަށެވެ.

https://www.instagram.com/p/CfS-_HvMhQ8/

މި ފޮޓޯއަށް ގިނަ ބަޔަކު ދަނީ ކޮމެންޓުކޮށް މަރުހަބާ ކިޔަމުންނެވެ. މަރުހަބާ ކީ މަޝްހޫރު މީހުންގެ ތެރޭގައި، ކަރަން ޖޯހަރު، ޕަރިނިޓީ ޗޯޕްރާ، ޕްރިޔަންކާ ޗޯޕްރާ، މަލައިކާ އަރޯރާ ފަދަ ތަރިން ހިމެނެ އެވެ.

އެކަމަކު އާލިއާގެ މަންމަ ކޮށްފައިވާ ކޮމެންޓުން ބައެއް މީހުން ދަނީ އާލިއާ ހަމަ ހަގީގަތުގައިވެސް ބަނޑުބޮޑީތޯ ސުވާލުކޮށްފައި އެވެ. އޭނާގެ މަންމަ ސޯނީ ރަޒްދާނީ ކޮށްފައިވާ ކޮމެންޓުގައި ބުނީ ސިންގާ މަންމަ އާއި ބައްޕައަށް މަރުހަބާ ކިޔާ ކަމަށެވެ.

ރަންބީރާއި އާލިއާ ކައިވެނިކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ. ދެ ތަރިން ކައިވެނި ކުރީ ލޯބީގެ ގުޅުމަށް ފަސް ވަރަކަށް އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް