ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ކަމަށް ބެލެވޭ މީހަކު މަޝްހޫރު "ލިވާތު ކޮޓަރި" އަށް ދިޔަ ކަމަށް ބެލެވޭ ފޮޓޯތަކެއް ލީކުކޮށްލައިފި އެވެ.
މި ފޮޓޯތައް ލީކުކޮށްފައިވަނީ ކުރިންވެސް އެފަދަ ވީޑިއޯތައް އާންމު ކުރި މަސްދަރުގައި އެވެ.
ފޮޓޯތަކުން ފެންނަނީ ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކު އެ ކޮޓަރިއަށް ވަންނަ ތަނެވެ. އޭރު އޭނާ ހުންނަނީ މާސްކު އަޅައިގެންނެވެ.
ކޮޓަރި ތެރޭގައި ހުންނަނީ މީގެ ކުރިން އާންމުވި އެ ކޮޓަރީގައި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަ ބަންގްލަދޭޝް މީހެއް ކަމަށް ބުނާ މީހާއެވެ. ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހާ އެ ކޮޓަރިއަށް ވަދެ ދެމީހުން ވާހަކައެއް ދައްކަން ތިބޭތައް ފޮޓޯތަކުން ފެނެ އެވެ.
އެކަމަކު ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ކަމަށް ބެލެވޭ މީހާ އާއި އެކު ބިދޭސީއެއް ކަމަށް ތުހުމަތު ކުރާ މީހާ އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯ ފަދަ މަންޒަރެއް ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހާގެ ނެތެވެ.
މިކަމާއި ގުޅޭގޮތުން ކާނަލް ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކުރިން އާންމުވި މިފަދަ ވީޑިއޯ އާއި ފޮޓޯތަކުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް