ޔޯގާ އިވެންޓުގެ ހަމަނުޖެހުމުގައި ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އަލީ ޝުޖާއު ވިދާޅުވީ ސެކިޔުރިޓީ ބްރީޗް ވި ގޮތުގެ ވާހަކަ މިވަގުތު ނުދައްކަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ފުލުުހުން މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑް ތައް ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެ ދުވަހު އެކަން ދިމާވީ ގޯސްކޮށް ކަމަށެވެ.
އެ އިވެންޓާ ގުޅޭ ގޮތުން ލިބެން ޖެހޭ ކްރިޓިކަލް މައުލޫމާތުތަކެއް ނުލިބި އެބަހުރިކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ދުވަހު ގަލޮޅު ދަނޑުގެ ދޮރު ނުވަތަ ސެކިއުރިޓީ ފޫއަޅުވާލާފައި ވަދެވުމުގައި ޓެކްޓިކަލް މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ދިމާވީ، އެ ދުވަހު އެތަނަށް ދާން ޖެހޭ ފުލުހުންގެ ވަކި ޓީމެއް ނުގޮސްގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް