އަޅުގަނޑުގެ ދަރިފުޅުގެ އެކަހަލަ ވީޑިއޯއެއް ނޫޅޭނެ: މާރިޔާ

މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ދަރިފުޅާއި ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތައް އެކަމަނާ ދޮގުކުރައްވައިފިއެވެ. މާރިޔާ އެކަން ހާމަކުރެއްވީ ނޫސްވެރިޔާ އަޒާން، މާރިޔާއަށް ކުރި ސުވާލަކަށް ޖަވާބުދެއްވ...

27 Jun 2022 | 08:13

މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ދަރިފުޅާއި ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތައް އެކަމަނާ ދޮގުކުރައްވައިފިއެވެ.

މާރިޔާ އެކަން ހާމަކުރެއްވީ ނޫސްވެރިޔާ އަޒާން، މާރިޔާއަށް ކުރި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

އަޒާން މާރިޔާކުރެން އަހާފައިވަނީ މިނިސްޓަރު މާރިޔާގެ ދަރިފުޅު ބަންގްލަދޭޝްގެ ރައްޔިތަކާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލައިގާ މާރިޔާގެ ދަރިފުޅު ބްލެކްމެއިލްކުރާތީ އިންޑިއާގެ ޓީމެއް ރާއްޖެ އަންނަކަމުގެ މައުލޫމާތު ވަރަށް މުއުތަަބަރު ގޮތެެއްގައި ލިބިފައިވާތީ އެކަމަށް ކޮމެންޓެއް ބޭނުންވާކަމަށެވެ.

ޖަވާބުގައި މާރިޔާ ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކުން އޭނާގެ ދަރިފުޅު ބްލެކްމެއިލް ކުރުމުގެ އަމަލެއް ނުހިނގާކަމަށެވެ. އަދި އެފަދަ ވީޑިއޯއެއްވެސް ނޫޅޭނެ ކަަމަށެވެ.

https://twitter.com/MariyaDidi/status/1541308925793865728

މާރިޔާގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮންމެ ވާހަކައެއްގެ ތެރެއަށް އެކަމަނާގެ ދަރިންްނޭ ކިޔައިގެން ހެޑްލައިންއެއް ހެދޭތޯ އެބަ ބަލާ ކަމަށެެވެ.

"ސިޔާސީ ސަބަބަށްޓަކައި ދަރިންނާ ބެހުން އެބަ ހުއްޓަންޖެހޭ" މާރިޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މާރިޔާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާކަމަށް އެކަމަނާ ދެކެލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް