ރާއްޖެ ތެލަށް ޖެހިދާނެކަމުގެ އިންޒާރު ޝުޖާއު ދެއްވައިފި

ދިވެހިރާއްޖެ ތެލަށް ޖެހިދާނެކަމުގެ އިންޒާރު މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ދެއްވައިފިއެވެ. ޝުޖާއު މުޅި ރާއްޖެއަށް މި އިންޒާރު ދެއްވީ އެމަނިކުފާނުގެ ވެރިފައިޑް ޓްވި...

27 Jun 2022 | 07:55

ދިވެހިރާއްޖެ ތެލަށް ޖެހިދާނެކަމުގެ އިންޒާރު މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ދެއްވައިފިއެވެ.

ޝުޖާއު މުޅި ރާއްޖެއަށް މި އިންޒާރު ދެއްވީ އެމަނިކުފާނުގެ ވެރިފައިޑް ޓްވިޓާ ހޭންޑަލުގައެވެ.

ޝުޖާއުގެ މި އިންޒާރުގައި، ވަރަށް ހިތާމަޔާއެކު (ސޭޑް އިމޯޖީ) އަކާއެކު ވިދާޅުވެފައިވަނީ ތެލަށް ޖެހެން ދެން މާދުވަހެއް ނެތްކަމަށެވެ.

ޝުޖާއުގެ އިންޒާރުގެ މި މެސެޖުގައި ރައްޔިތުން ދެން ސަމާލުވާންވީ ބައެއް ކަންކަމަށްވެސް އަލި އަޅުވާލައްވާފައިވެއެވެ. އެގޮތުން ދިވެހި ރައްޔިތުންގެ އަތުގައި ހުރި ފައިސާކޮޅު ފަަހަށް ރައްކާކުރުމަށާއި އުއްބައްތި ހޯދާފައި ބެހެއްޓުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.

https://twitter.com/IbrahimShujaau/status/1541133938609233920

ރޭ 11:58 ހާއިރު ޝުޖާއު ކުރެއްވި މި ޓްވީޓް މިހާތަނަށް 52 ފަރާތަކުން ރީޓްވީޓްކޮށްފައިވާއިރު 80 ލައިކް މި ޓްވީޓަށް ލިބިފައިވެއެވެ. މި ޓްވީޓަށް އެތައް ބަޔަކު އަންނަނީ ރިޕްލައިވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް