އުލަމާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓަރ މެލޭޝިއާއަށް ފުރާވަޑައިގެންފި

އުލަމާ ކޮންފަރެންސް”ގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދެކުނު އިރުމަތީ...

27 Jun 2022 | 07:51

އުލަމާ ކޮންފަރެންސް”ގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ޚާއްސަކޮށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި، މި ޖޫން މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިޔާ (ޖަކީމް) އާއި މުސްލިމް ވަރލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ބައެއް ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންނެވެ.

މިއީ އުއްމަތުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ހަރުދަނާކުރުމާއި މުސްލިމް ލީޑަރުންނާއި މުޅި މުޖުތަމަޢުގެ މެދުގައި އެއްބައިވަންތަކަމާއި އިންސާފާއި ހަމަޖެހުމުގެ ތަޞައްވުރަށް ހޭލުންތެރިކަން ފެތުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި 17 ޤައުމެއްގެ މުސްލިމް ލީޑަރުންނާއި ފާހަގަކޮށްލެވޭ ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް