ހެލްތުގެ ނަމުގައި އާންމުންނާއި ޑޮކްޓަރުންނަށް ގުޅާތީ ސަމާލުވާން އަންގައިފި

ހެލްތު މިނިސްޓްރީގެ ނަމުގައި ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި އާންމު ފަރާތްތަކަށް ގުޅައި ޒާތީ މައުލޫމާތު ހޯދައި އީމެއިލް އެކައުންޓުތައް ހެކް ކުރަމުންދާ މައްސަލައެއް ފެންމަތ...

27 Jun 2022 | 07:21

ހެލްތު މިނިސްޓްރީގެ ނަމުގައި ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި އާންމު ފަރާތްތަކަށް ގުޅައި ޒާތީ މައުލޫމާތު ހޯދައި އީމެއިލް އެކައުންޓުތައް ހެކް ކުރަމުންދާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މި މައްސަ މިހާރު ވަނީ ފުލުހަށް ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ, އޮޅުވާލުމުގެ ކޯލްތައް ކުރަމުންދަނީ އެ މިނިސްޓްރީގެ ކުރަމުން އަންނަ ސޭވޭއަކާ ގުޅިގެން ކަމަށް ބުނެ ކަމަށެވެ.

އަދި އެކަން ފުލުހުންނާއި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

ހެލްތުން ބުނީ, އެ މިނިސްޓްރީގެ ނަމުގައި އެފަދަ ފޯނު ކޯލުތައް ކުރަމުންދާ އިރު, މިނިސްޓްރީން މިވަގުތު ސާވޭއެއް ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް