ޖޫން 15 ގައި ފުލުހުންނަށް ފޮނުވީ ޔޯގާ ހަރަކާތާ ގުޅޭ ސިިޓީއެއް ނޫން: އިސްލާމިކް މިނިސްޓްރީ

ޖޫން 15 ގައި ފުލުހުންނަށް ފޮނުވީ ޔޯގާ ހަރަކާތާ ގުޅޭ ސިިޓީއެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. ޔޯގާ ޑޭގެ ހަރަކާތް ހިންގުމުގެ 6 ދުވަސް ކުރިން މި މަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީން ފުލ...

27 Jun 2022 | 06:34

ޖޫން 15 ގައި ފުލުހުންނަށް ފޮނުވީ ޔޯގާ ހަރަކާތާ ގުޅޭ ސިިޓީއެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޔޯގާ ޑޭގެ ހަރަކާތް ހިންގުމުގެ 6 ދުވަސް ކުރިން މި މަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީން ފުލުހަށް ހުށައަޅާފައިވާ ސިޓީއެއް އާންމުވުމުން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ފަތުވާ ނެރުނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ. އަދި ޔޯގާގެ ޝަރުއީ ހުކުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރާނެ ކަަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

https://twitter.com/MVIaffairs/status/1541295421532024832

އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށައެޅި ސިޓީގައި ޔޯގާ އަކީ އަޅުކަމެއްގެ ގޮތުގައި ހިމެނޭ ކަމެއް ކަމަށާއި އެއީ ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން ނަންދީ އިރަށް އަޅުކަން ކޮށް މިއުޒިކް ވެސް ހިމެނޭ ހަރަކާތެއް ކަމަށް ބުނެފައިވެއެވެ. އަދި އިސްލާމީ ޝަރީއަތާ ޚިލާފު ކަމެއް ކަމަށް ވާތީވެ، ޔޯގާގެ ހަރަކާތް ހިންގާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ގޮވައިލާފައެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ އިންޓަރނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށާއި އިސްލާމް ދީނާއި ހިލާފު ކަމެއް ޔޫތު މިނިސްޓްރީން ނުކުރާނެ ކަމަށެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ޔޯގާގެ ހަރަކާތް ހުއްޓުވުމަށް ބަޔަކު އަރައިގަނެ ހަމަނުޖެހުން ވަނީ ހިންގާފައެވެ.

އެ މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް