އެންމެ ބޮޑު ހުށައެޅުމެއް ހުށައަޅާ ކުލަބަކަށް ނޭމާ ދޫކޮށްލަން ޕީއެސްޖީން ތައްޔާރު !

މި ދުވަސްވަރަކީ ދުނިޔޭގެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގެ އަޑުތައް ވަރަށް ގަދަވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ޔޫރަޕްގެ ނަން މަޝްޙޫރު ބޮޑެތި ކުލަބުތަކުގެ ޓްރާންސްފާގެ ވާހަތައް ދަނީ މީޑިއާގައި ފަތުއަޑު ކި...

27 Jun 2022 | 06:33

މި ދުވަސްވަރަކީ ދުނިޔޭގެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގެ އަޑުތައް ވަރަށް ގަދަވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ޔޫރަޕްގެ ނަން މަޝްޙޫރު ބޮޑެތި ކުލަބުތަކުގެ ޓްރާންސްފާގެ ވާހަތައް ދަނީ މީޑިއާގައި ފަތުއަޑު ކިޔާފައި ދެކެވެމުންނެވެ.

އެގޮތުން މިވަގުތު މީޑިއާގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ ކުލަބު ބަދަލުކުރަން އުޅޭ ވާހަކައެވެ.

ދުނިޔޭގެ މަޝްޙޫރު ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި ޕީއެސްޖީން ބޭނުން ވަނީ މި ޓރާންސްފާ ބާޒާރުގައި ނޭމާ ވިއްކާލާށެވެ. އެގޮތުން އެންމެ ބޮޑު ބުށައެޅުމެއް ހުށައަޅާ ކުލަބަކަށް ނޭމާ ވިއްކާލަން އެ ކުލަބުން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައިވެއެވެ.

2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 234 މިލިއަން ޑޮލަރަށް ސްޕެއިންގެ ބާސެނޯއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވިއްކާލުމަށް ޕީއެސްޖީން ބޭނުންވި ނަމަވެސް ނޭމާ ބޭނުންވަނީ އޭނާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއް ބަސްވުން ހަމަވަންދެން ކުލަބުގައި މަޑުކުރާށެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ނޭމާ ބޭނުންވަނީ ޕީއެސްޖީ ދޫކޮށްލާށެވެ.

ނޭމާ ޕީއެސްޖީ ދޫކޮށްލަ އުޅޭކަމުގެ އަޑުތައް ފެތުރެން ފެށުމާއި އެކު ޔުވެންޓަސް އާއި ޗެލްސީން އަދި ނިއުކާސަލް ޔުނައިޓެޑުން ނޭމާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެގައެވެ.

ނޭމާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ތިން އަހަރު އޮތްއިރު، އޭނާ އެކުލަބާއި އެކު ހަދާފަައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ. ނޭމާ ޕީއެސްޖީއާއި އެކު އެންމެ ފަހުން އެއްބަސްވުން އާކުރީ މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުގައެވެ.

މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 144 މެޗުގައި ނޭމާ ވަނީ 100 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް