އިތުރު ދެމީހުންނާއި އެކު ޔޯގާ ހަމަނުޖެހުމުގައި ހައްޔަރު ކުރި މީހުންގެ އަދަދު 21ށް

އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ހިންހި ހަރަކާތް ހުއުްޓުވައިގެން ހައްޔަރު ކުރި މީހުންގެ އަދަދު21 އަށް އަރައިފި އެވެ. މި މައްސަލައިގަ އިތުރު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށ...

27 Jun 2022 | 06:32

އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ހިންހި ހަރަކާތް ހުއުްޓުވައިގެން ހައްޔަރު ކުރި މީހުންގެ އަދަދު21 އަށް އަރައިފި އެވެ.

މި މައްސަލައިގަ އިތުރު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް މިއަދު ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން މުއްދަތު ޖަހައިދީފަވާ ކަމަށެވެ.

އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އުމުރުން 25 އަހަރުގެ އަބޫބަކުރު ފާރިޢު އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، އުމުރުން 31 އަހަރުގެ ޝަބިމް އާދަމް އެވެ. މީގެ ތެރެއިން ފާޜިއުގެ ބަންދަށް ކޯޓުން ދެ މަސް ދުވަސް ޖަހައިދީފައިވާއިރު ޝަބިމްގެ ބަންދަށް ކޯޓުން ދީފައިވަނީ10 ދުވަހެވެ.

ފުލުހުން ބުނީ ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މި ދެމީހުން ހައްޔަރު ކުރީ މިމަހުގެ25 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގަ މީގެ ކުރިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންނާައި އިދިކޮޅު ޕީޕީއެމްގެ އިސް ހަރަކާތްތެރިން ހިމެނެ އެވެ. މި އެންމެންނަށް ކޯޓުން ވަނީ10 ދުވަހާއި60 ދުވަހާއި ދެމެދުގެ ދުވަސްތަކެއްގައި ބަންދުގައި ބޭތިއްބުމަށް މުއްދަތު ދީފަ އެވެ.

މި މައްސަލަ ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހްގީގްކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމްކޮށްފައެވެ. އެ ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް