އެއާޕޯޓަށް ދާއިރު މާސްކު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ވަޑައިގަންނަވާ އެންމެހާ ހައްޖާޖީންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް އެއާޕޯޓްގައި ހަމަޖައްސާފައިވާކަން ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައެވެ.
ހައްޖާޖީންގެ ސަމާލުކަމަށް އެމްއޭސީއެލްއިން އަންގާފައިވާ ކަންކަން:
- ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުން
- ހައްޖާޖީން ފުރުވުމަށް ވީހާވެސް މަދު ބަޔަކު ދިއުން
މީގެ އިތުރުން އެމްއޭސީއެލްއިން ބުނެފައިވަނީ ހައްޖުވެރިންނަށް ހާއްސަ ކާބޯތަކެތީގެ ކައުންޓަރުތަކާއި ފެންފުޅި އެއާޕޯޓުގެ އޮޕަރޭޝަނަލް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާނެކަމަށާއި އިންޓަނޭޝަނަލް ޑިޕާޗާ އަދި ވޯޓަރ ފްރަންޓްގެ ގްރައުންޑް ފްލޯގައި ހައްޖުވެރިންނަށްޓަކައި އިތުރު ގޮނޑިތައް ބަހައްޓާފައިވާނެކަމަށެވެ.
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރޭގެ ވަގުތެއްގައި ވަނީ ފުރާފައެވެ. ރޭގައި ހައްޖުވެރިންގެ 157 މީހަކު ފުރާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް