ލިވާތުން ގައުމުން ސަލާމަތްކޮށްދެއްވާތޯ އަރަފާތު ދުވަހު ދުއާކޮށްދެއްވުމަށް ދިވެހި ހާޖީން ކުރެން، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ދިވެހި ހާޖީން ފުރަން ފެށި ހަބަރު ޓްވީޓް ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ ލިވާތު ބާގައިގެ މީހުންނާއި އެއުރެންނަށް އެހީވާ މީހުންގެ ކިބައިް މި ގައުމުގެ ސަލާމަތްކޮށްދެއްވުމަށް އެދި އަރަފާތު ދުވަހު ދިވެހި އެންމެހާ ހާޖީން ދުއާކޮށްދެއްވުމަށް އެދޭ ކަމަށެވެ.
https://twitter.com/Mohamedshaheem1/status/1541124792484765696
"ބާއްޖަވެރި އަމާން ދަތުރަކަށް، ވަަރަށް އުފާވޭ ހައްޖު ކޯޕަރޭޝަން ހާޖީންނައިގެން ދަތުރުކުރާ މަންޒަރު ފެނުމުން" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ހައްޖު ކޯޕަރޭޝަން ވުޖޫދުވީ ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް