ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރުގެ ބައެެއް ރަށްތަކަށްވެސް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވެއެވެ.
މިއަދު ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖޭގައި ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގައި ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށްފައިވެއެވެ.
އުތުރާއި މެދުރާއްޖޭގައި އާދައިގެވަރަަކަށް ކަނޑު ގަދަވާނެކަމަށް ލަފާކޮށްފައިވއިރު ދެކުނުގުގައި އާދައިގެވަަރަކަށް ކަނޑު މަޑުވާނެކަމަށް ލަފާކޮށްފައިވެއެވެ.
ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް