މާލެ ސަރަހައްދުން ކޮވިޑް ޖެހުނު 31 މީހުނާއެކު، މިއަދުގެ ޖުމްލަ 200 އިން މައްޗަށް

މާލެ ސަރަހައްދުން ކޮވިޑް ޖެހުނު 31 މީހުނާއެކު، މިއަދުގެ ޖުމްލަ 200 އިން މައްޗަށް ގޮސްފިއެވެ. އެގޮތުން، ކޯވިޑް-19އަށް މިއަދު ފައްސިވެފައި ވަނީ 233 މީހުނެވެ. އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެ ސަރަހައ...

27 Jun 2021 | 17:04

މާލެ ސަރަހައްދުން ކޮވިޑް ޖެހުނު 31 މީހުނާއެކު، މިއަދުގެ ޖުމްލަ 200 އިން މައްޗަށް ގޮސްފިއެވެ.

އެގޮތުން، ކޯވިޑް-19އަށް މިއަދު ފައްސިވެފައި ވަނީ 233 މީހުނެވެ.

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮސިޓިވްވެފައިވަނީ 31 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 157 މީހުން ކަމަށެވެ. މީގެ އިތުރުން އޮޕަރޭޓް ކުރާ ރިސޯޓުތަކުން ޕޮޒިޓިވް ވެފައި ވަނީ 45 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،172  މީހުންނެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،075  މީހުންނަށެވެ. އޭގެ ތެރެއިން 29 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 69،031 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 209 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 73،327 މީހުން ޕޮސިޓިވްވެފައިވެ އެވެ.

https://twitter.com/HPA_MV/status/1409194843570524160

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް