ކާށިދޫގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރިއެއްގައި ކުއްޖަކަށް އަނިޔާ ވެއްޖެ

ކ. ކާށިދޫގައި ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ މިއަދު މެންދުރު ފަހު 2:51 ގައި ކަމަށެވެ. ފުލުހުން ...

27 Jun 2021 | 16:53

ކ. ކާށިދޫގައި ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ މިއަދު މެންދުރު ފަހު 2:51 ގައި ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހެޅި ކުޑަ ފިރިހެން ކުއްޖެއްގެ ގައިގަ ޖަހާ މާރާމާރީ ހިންގި ކަމަށް ބުނެ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީީފައި އެވެ. ފުލުހުން ބުނީ ކުއްޖާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލައިގަ އެއްވެސް ކުއްޖަކު ހައްޔަރު ކޮށް ނުވަތަ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށް ސުވާލު ކޮށްފައެއް އަދި ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް