ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ސްކޫލްގެ ޑިޒައިން އަދި އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވާ ގޮތުގައި، މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އީ.ޕީ.ސީ ޓަރންކީ އުޞޫލުން ހަވާލު ކުރެވިފައިވާ މަޝްރޫޢުއެކެވެ.
18 މަސްތެރޭ ނިންމާގޮތަށް ހަވާލުކުރެވިފައިވާ މި މަޝްރޫޢުގެ އަގަކީ 243,119,269.20(ދުއިސައްތަ ސާޅީސް ތިން މިލިއަން އެއްލައްކަ ނަވާރަހާސް ދުއިސައްތަ ފަސްދޮޅަސް ނުވަ ރުފިޔާ ވިހި ލާރި) އެވެ.
މި މަސަައްކަތް ހަވާލުކުރެވިފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 5 އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭގޮތަށް ހަވާލު ކޮށްފައިވާ މަޝްރޫޢު އެއް ކަމަށެވެ.
" އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަނީ 2022 ވަނަ އަހަރު ޑިސެމްބަރ މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް" މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.
މި މަޝްރޫޢުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް