މިޤައުމު ހަލާކު ކުރުމުގެ ފުރިހަމަ ޒިންމާ އެމް.ޑީ.ޕީ ނަގަންޖެހޭނެ ކަމަށް މާލެ ސިޓީކައުންސިލްގެ ހުޅުމާލޭ ކައުންސިލު އިބްރާހިމަ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ބަހަނާއެއްގައި 5 އަހަރުގެ ދައުރެއް ނިންމާލެވޭކަށް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޔޫތް ވިންގު ރައީސް މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ، މި ވެރިކަން ހޯދުމަށް ރައްޔިތުންނަށް އޮޅުވާލާ، ދޮގު ހައްދަވަން އެންމެ ކުރީގައި ހުންނެވީ ޕާޓީ (އެމްޑީޕީ) ރައީސް ކަމަށެވެ.
" ކޮން ބަހަނާ އެއް ދައްކާކަށް؟މިޤައުމު ހަލާކުރުމުގެ ފުރިހަމަ ޒިންމާ އެމް.ޑީ.ޕީ ނަގަންޖެހޭނެ. މިވެރިކަމާކީ ވެސް ފޭރިގަނެގެން ހޯދި ވެރިކަމެއް. މީގެން ރެކެން ނޫޅޭ." ޝުޖާއު ވިދާޅުވެފައި ވެއެވެ.
ސަންގު ޓީވީގެ 'ޚަބަރަށްފަހު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވެފައި ވަނީ، ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިވެދާނެތީ ނުވަތަ ސަރުކާރު ވެއްޓިދާނެތީ. ބަހަނާއެއްގައި ފަސް އަހަރުގެ ދައުރެއް ނިންމާލެވޭކައް ނެތް ކަމަށެވެ.
އަދި އެމްޑީޕީ ވެރިކަމަށް ގެނައީ ކީއްކުރަންކަން، މަޖިލީހުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ 66 މެމްބަރުންނާއި ރައީސްގެ އިތުރުން ކެބިނެޓުގެ މެމްބަރުން ވެސް ހަނދާނަށް ގެންނަންޖެހިފައި ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް