ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވާ މައްސަލަތަކުގެ65 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް މިއަދު ޕީޖީ އޮފީހުން ބުނެފައިވަނިކޮށެވެ.
އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 12،000 އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އުމަރު ވިދާޅުވީ އެ މައްސަލަތަކާއި މަސްތުވާތަކެއްވާ ގުޅުން ހުރި ހަމަނުޖެހުންތަކުގައި އެތައް ދަރިންނެއް މަގުމަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ އެއްވެސް ޕާޓީއަކަށް އަދި ވެރިއަކަށްވެސް ހައްލުކޮށްދެވިފައި ނުވާ ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި އިރާދަ ކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރާނީ އޭނާ އެވެ.
އުމަރު އެ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ މައްސަލަ ހައްލު ކުރައްވާނެ ވާހަކައެވެ. އޭނާ ވަނީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމުގެ އިޝާރާތް މީގެ ކުރިންވެސް ކުރައްވާފައި އެވެ.
https://twitter.com/UmarNaseerMV/status/1409104846217641989
އުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު ވަނީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ހައްލު ކުރުމަށް ކުށްވެރިންގެ ފައިގަ ޓެގު އަޅުވަން ފަށާފައި އެވެ. އެކަމަކު އޭނާ އިސްތިއުފާ ދެއްވި ފަހުން އަދި މި ސަރުކާރު އައިފަހުން ކުށްވެރިންގެ ފައިގަ ޓެގު އެޅުވުން ވަނީ ހުއްޓިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް