ބުރުނީ ސްކޫލް 06 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފި

ތ.ބުރުނީ ސްކޫލް 06 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. ބުރުނީ ސްކޫލް ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރެވުނީ މިއަދު...

27 Jun 2021 | 11:45

ތ.ބުރުނީ ސްކޫލް 06 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.

ބުރުނީ ސްކޫލް ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރެވުނީ މިއަދު ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެއެވެ.

މި މަސައްކަތް ހަވާލުކުރެވުނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި އެވެ. މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ 5,834,841.27( ފަސް މިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް އަށްސަތޭކަ ސާޅީސް އެއް ރުފިޔާ ހަތާވީސް ލާރި) ރުފިޔާގެ މަޝްރޫޢެކެވެ.

އެހެންކަމުން އަންނަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވިއެވެ.

މި އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ ފާތިމަތު އިމްތިސާލް ސައުދުﷲ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް